ކަންބޮޑުވުމާއި ހާސްކަމުން އަރައިގަންނަން ބޭނުންނަމަ ފަރުޟު ފަސް ނަމާދު ގާއިމު ކުރުންމަތީ ދެމިތިބެން ޖެހެއެވެ.
މިހާރަކަށް އައިސް ޒުވާނުންނާއި ޖުމުލަކޮށް ހުރިހާ އެންމެނަށް ވެސް ޑިޕްރެޝަން ނުވަތަ ކަންބޮޑުވުމާއި ހާސްކަމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެމައްސަލައިގެ އެންމެ ރަނގަޅު ފަރުވާއަކީ ﷲއަށް ޝުކުރުކޮށް ނަމާދު ގާއިމް ކުރުންމަތީ ދެމިތިބުމެވެ.
ތަފާސް ހިސާބްތަކަށް ބަލާއިރު ކެންސަރު ޖެހިގެން މީހުން މަރުވާ އަދަދަށް ވުރެން ގިނައިން ޑިޕްރެޝަންގައި މީހުން މަރުވާ އަދަދު ގިނަ އެވެ.
ފަރުޟު ފަސް ނަމާދުގެ އިތުރުން ހެއްދެވި ފަރާތުން ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރު އަދާކޮށް ކުރާ ސުންނަތް ނަމާދުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދިމާވެފައިވާ ޑިޕްރެޝަން ބަލިން އަރައިގަނެވިފައި އެބަހުއްޓެވެ.
ނަމާދަކީ ހަމައެކަނި ޑިޕްރެޝަނަށް ފައިދާހުރި އަޅުކަމެއް ނޫނެވެ. ދެ ދުނިޔޭގެ ބައްޖަވެރިކަމަށް އެދޭ މީހާ ފަރުޟު ފަސް ނަމާދު ކުރުންމަތީ ދެމި ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!