ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓާފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި މައްސަލާގައި ފުލުހުން ކުރިން ވަނީ 7 މީހެއްގެ ފޯނު ހިފަހައްޓާފައެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad
rt

ފުލުހުން މިއަދު ބުނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު (ޔުމްނު) ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ހިފަހައްޓާފައިވާކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އެއީ ޖުމުލަ 9 މީހެއްގެ ފޯނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލައާއި ގުޅިގެން މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އާއި އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައިގެ ތަހްގީގު ފުލުހުން ކުރިއަށް ގެންދާއިރު، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ ކުއްޖާ ވެއްޓިފައި ވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔުމްނު އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް ދައުލަތުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލާގައި މާލޭގައި ވޭތުވި ތިން ރޭ ވެސް ޒުވާނުންތަކެއް ވަނީ މުޒާހަރާކޮށްފައެވެ.