މީސް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އޭނާގެ ދަރިއެއްނޫން، އެ ކުއްޖާއާއި ޢާއިލީ ގޮތުން ވެސް ގުޅުމެއް ނޯންނާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

އިޤްބާލް މިފަދައިން ވިދާޅުވީ އެކްސްގައި ދައުރުވަމުން އަންނަ ފޮޓޯ އަކާއި އޭނާ އާއި ގުޅުވާ ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާއި، އެ ރޭ ޔުމްނާ އާއިއެކު އުޅުނު މީހުންގެ ތެރޭގައި ހިމެނޭ އައިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް/މާލެ އަކީ މިނިސްޓަރުގެ އިޤްބާލްގެ ދަރިއެއްކަމަށް ބުނެ ބައެއް ފޭކް އެކައުންޓްކުން އެކްސްގައި ދަނީ ވާހަކަ ފަތުރަމުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އިޤްބާލް ވިދާޅުވީ، ދައުރުކުރަމުންދާ މިފޮޓޯގައިވާ ލަޔާލަކީ އޭނާގެ ދަރިއެއް ނޫން ކަމަށާއި، އަދި ލަޔާލަކީ އޭނާގެ ޢާއިލާއާއި ގުޅުހުރި ކުއްޖެއްވެސްނޫން ކަމަށެވެ. އަދި މިފަދަ ބޮޑެތި ދޮގު ނުފެތުރުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލައިގެ ތަހްގީގަށް އައިޝަތު ލަޔާލީ އިގްބާލް ވެސް ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައި، އެމީހުން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

އެ މައްސަލާގެ ތުހުމަތުގައި އެކަކު ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް އެވެ.