ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި 7 މީހެއްގެ ފޯނު ހިފަހައްޓާފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހަތް މީހުންގެ ތެރޭގައި ވެއްޓުނު ކުއްޖާ އާއި އެ ކުއްޖާ ވެއްޓުނު ގޭގައި އެ ކުއްޖާއާއި އެންމެ ފަހުވަގުތާއި ހަމައަށް އުޅުނުކަމަށް ފުލުހުންގެ ތަހްގީގަށް ފާހަގަވެފައިވާ ރައުދު ވެސް ހިމެނެއެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އާއި އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ބަލާފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!