ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައިގެ ފަހުގީގަށް ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައިވާ ކަމަށެވެ.
18 އޭޕްރިލް 2025 ގައި ހިނގި މި ހާދިސާއާއި ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ މިރޭ 18:20 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ ކުއްޖާ ވެއްޓިފައި ވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވިގޮތުގައި، މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށެވެ. އަދި އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!