އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ކަނބަލަކަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ އިސް ތަރްޖަމާނު އަދި ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ވޯޓު ލުމުގެ ހައްޤު އަންހެނުންނަށާއި، ފިރިހެނުންނަށްވެސް ލިބިގެންވާކަމަށް އަކުރަމު ވިދާޅުވިއެވެ.

Ad
rt

އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ކޮންމެ ރަށެއްގެ ކޮމެޓީއަކަށްވެސް ބޭނުން އަންހެނަކަށް ވާދަ ކުރެވޭނެތޯ ސިޔާސީ ޕާޓީތަކާއި، ބައެއް އާންމުންވެސް ވަރަށް ގިނައިން ސުވާލު ކުރަމުން ގެންދާ ކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކަށް ކުރިމަތިލެވޭނީ އެ ރަށަކަަށް ނުވަތަ ސިޓީ އަކަށް ނިސްބަތްވާ އަންހެނަކަމަށް އަކުރަމް ފާހަގަ ކުރެއްވިއެވެ.

މިފަހަރު އޮންނަ ކައުންސިލް އިންތިހާބާއެކު ހަމަ އެދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިޚާބުގައި މިފަހަރު ރަށްތަކުން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 895 މެންބަރުން އިންތިހާބު ކުރާނެއެވެ.