ކުޅުދުއްފުށި ސިޓީގައި އިތުރު އެކްސިޑެންޓެއް ހިނގައިިފިއެވެ.
މިރޭ ގާތްގަނޑަކަށް 18:50 އެހާކަށް ހާއިރު އެކްސިޑެންޓް ހިނގާފައިވަނީ ރޯޝަނީ މަގުން ދުއްވާފައި ދިޔަ ކާރެއްގެ ދެފަރާތުން އޯވަރޓޭކް ކުރި ދެ ސައިކަލު ޖެހިގެން ކަމަށް މައުލޫމާތު ލިބެއެެވެ.
އެކްސިޑެންޓް ދުށް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އެއް ސައިކަލު އަނެއް ސައިކަލާ ޖެހުނު ގޮތަށް ވާތް ފަރާތުން އޯވަރޓޭކް ކުރި ސައިކަލު ގޮސް އަނެއް ސައިކަލާ ޖެހި ދަށުވީއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް މިހާރު ދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މީގެ އިތުރުން އިއްޔެ ހަވީރުވެސް ކުޅުދުއްފުށީގައި ކުޑަކުއްޖަކާ އެކު ސައިކަލެއްގައި ދިޔަ މީހަކު ޕޮލިސް ކާރެއްގައި ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި މިދިޔަ ހަފްތާ ހޮނިހިރު ދުވަހުވެސް ދެ ސައިކަލު ޖެހި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
މިއަކީ މިމަހު ކުޅުދުއްފުށީގައި ހިނގި 3 ވަނަ އެކްސިޑެންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!