ކުޅުދުއްފުށި ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި މީހާ ކުޅުުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

މި މަހު 4 ވަނަ ދުވަހުގެ ރޭ އަމިއްލައަށް މަރުވާން މަސައްކަތް ކުރި މި މީހާ ކޭއާރުއެޗްއަށް ފަރުވާދޭން ގެނައި އިރުވެސް ހާލު ދެރައެވެ. މި މީހާ ނިޔާވެފައިވަނީ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދަނިކޮށެވެ.

Ad
rt

ފުލުހުން ކުރިން މައުލޫމާތު ދިންގޮތުގައި އޭނާ ފުލުހުންގެ ބަންދުގެ ދަށަށް ގެނައީ މަސްތުގެ ހާލުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ، ހިނގި ހަމަނުޖެހުމެއގައި މި މަހު ދެވަނަ ދުވަހުއެވެ. އަދި މި މައްސަލަ އާއި ގުޅިގެން އަޅާންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަންދުގެ ދަށުގައި ހުއްޓައި 26 އަހަރުގެ ފިރިހެނެއް މި މަހުގެ 7 ވަނަދުވަހުވެސް އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވެއެވެ. ކޭއާރުއެޗުުގެ އެމަރޖެންސީ ވާޑުގައި ބާއްވައިގެން މި މީހާއަށް ފަރުވާދީފައިވާއިރު މި މައްސަލައާގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.