ދުންފަތާ އަދުގެ ޒުވާން ޖީލު ދުރުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އާންމުންގެ ހިޔާލު ހޯދުމަށް ރައީސް މީސް މީޑިއާގައި ނެންގެވި ޕޯލުން ދައްކާގޮތުގައި، ގިނަ ރައްޔިތުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުމުން މަނާކުރުމަށެވެ.

ރައީސް މި ޕޯލް ހުޅުވާލީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައަައާއި "އެކްސް"ގެ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. 3 ގޮތަކަށް ދުންފަތް ހުއްޓުވުމަށް އެ މަނިކުފާނު އާންމުންނަށް ހުޅުވާލާފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަނޑައެޅުން މުހިންމުކަން ހާމަކުރައްވައި، ޤާނޫނު ހެދުމަށް އެންމެ އެކަށޭނެ އުމުރުފުރައަކީ 2000 ވަނަ އަހަރުން ފެށިގެން ނުވަތަ 2004 ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށްތޯ ޕޯލުގައި އައްސަވާފައިވެއެވެ.

Ad
rt

އެގޮތުން އެމަނިކުފާނު "އެކްސް"ގައި ހުޅުވާލި ޕޯލަށް 5501 މީހުން ވޯޓު ލާފައިވާއިިރު %51.1 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. އަދި ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށްވެސް 5000 އަށް ވުރެއް ގިނަ މީހުންވަނީ ވޯޓު ދީފައެވެ. އަދި ނަތީޖާ އަށް ދައްކާގޮތުން %72 މީހުންވަނީ 2000 ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމުން މަނާކުރަން ބޭނުންވާކަމަށް ހާމަކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުރިހާ އުމުރުފުރާތަކުގެ މީހުންވެސް ދޫކޮށްލުމަށް އެދި އިލްތިމާސް ކުރަމުން، އެމަނިކުފާނު ވިދާޅުވެފައިވަނީދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރި ކުރެވިގެންދާނެކަމަށެވެ.

މީގެ އިތުރުން ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަޢާރަފުކުރުމަށް ކަމާހުރި ގުޅުންހުރި ފަރާތްތަކުގެ ހީޔާލެއް ހޯދުމަށް ސަރުކާރުންވަނީ މަޝްވަރާތައް ފަށާފައެވެ. އެގޮތުން ރައީސް މުއިއްޒުއާއި ޕްރެޒެންޓަރި އަހުމަދު ޝަކީބު ހިންގަވާ "ރައްޔުތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ޖެނެރޭޝަނަލް ބޭންއެއް އެކުލަވާލަން ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމާ ހަވާލުކުރައްވާފައިވާނެކަމަށެވެ.

އަދި ހަވާލުކޮށްލެވުނު ކަރުދާސް އެކުލަވާލާ ނިމުމުން، ކެބިނެޓް ހުށަހަޅުއްވައިގެން މިނިޓަރުންގެ މަޝްވަރާއާއެކު ގޮތެއް ނިންމަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން މި ދިވެހި މުޖުތަމައު ދުރުކުރުމުގެ ގޮތުން ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅާމުންނެވެ. ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު މަނާކޮށް، ބޭނުންކުރާތަން ފެނިއްޖެނަމަ ޖޫރިމަނާކުރުމަށް ނިންމާފައިވެއެވެ. އަދި ދުންފަތް ހެދުމަށް ބޭނުންކުރާ ގިނަ ބާވަތެއްގެ ތަކެތި އެތެރެކުރުންވެސްވަނީ މަނާކޮށްފައެވެ.