މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު (އެމްއެމްއާރުއައި)ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) ގެ މަގާމަށް މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް އައްޔަންކޮށްފިއެވެ.

އެމްއެމްއާރުއައިގެ ޑިރެކްޓަރ ޖެނެރަލް މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝާފިޔާ ނައީމު މިއަހަރުގެ ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ad
rt

އެމްއާރުއައިގެ ޑިރެކްޓަރް ޖެނެރަލްއަށް އައްޔަންކުރިއިރު، ޝިމާލް ވަނީ އޮސްޓްރެލިއާގެ ޗާރލްސް ޑާވިން ޔުނިވާސިޓީން ވައިލްޑްލައިފް އެންޑް ކޮންޒަވޭޝަން ބޮޔޮލޮޖީއަށް ޚާއްސަކޮށްގެން ބެޗްލަރ އޮފް އެންވަޔަރަންމަންޓަލް ސައިންސް އިން ޑިގްރީއެއް ހާސިލްކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ ބެންގޯރ ޔުނިވާސިޓީން މެރިން ބަޔޮލިޖީގެ ދާއިރާއިން މާސްޓާސް ވެސް ހަދާފައެވެ.

ޝިމާލް އަކީ މި ދާއިރާގައި 10 އަހަރު މަސައްކަތްކޮށް ފަރުތަކާއި އެ ހިސާބުގަނޑުގެ މަސްވެރިކަމާއި ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމުގައި މި އިންސްޓިޓިއުޓްގައި އިސް ދައުރެއް އަދާ ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ.

500 މީޓަރު ކަނޑު އަޑިން، ވައިކަރަދޫ ޝިމާލްގެ މެސެޖެއް!

އެމްއާރުއައި އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ޝިމާލް މި އިންސްޓިޓިއުޓް ގެ ޑިރެކްޓަރް ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާކަމަށް ހާމަކޮށްފައެވެ. މީގެ އިތުރުން މި ޕޯސްޓްގައި ޝިމާލް އަކީ ކުރިއަށް ގެންދާ ރިސާރޗްތައް ފެންވަރުގައި ޑޮކިއުމެންޓްކޮށް، މި ކަންތައްތައް ކުރިއަށް ގެންގޮސް ވަކާލާތުކުރުމުގައި ޝިމާލްގެ ޚާއްޞަ ތަޙްލީލީ ޤާބިލުކަން ފާހަގަކޮށްފައިވެއެވެ.

ޝިމާލް ވަނީ މީގެ ކުރިން އެކި އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، އައިއޯޓީސީގައި ޙާއްސަ ދައުރެއް އަދާކޮށް ނޭޝަނަލް ރިސާރޗް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ފުޅާދާއިރާއެއްގައި މަސައްކަތް ކޮށްފައެވެ. މިކަން މެރިން ރިސާރޗް އިންސްޓިޓިއުޓުން އެ ޕޯސްޓުގައި ފާހަގަކޮށްފައިވާއިރު، ކުރިއަށް މި އޮތް ތާނގައި ޝިމާލްއަށް ލީޑަރޝިޕް ކުރަން ލިބުމަކީ އިންސްޓިޓިއުޓަށް ލިބޭ އުފަލެއްކަންް ހާމަކޮށްފައިިވެއެވެ.

މީގެ ކުރިން ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމަށްވާ "ނެކްޓަން" އާއި ގުޅިގެން ވަރަށް ބޮޑު މަޝްރޫއުއެއްވަނީ ޝިމާލް ނިންމާލާފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ގޮތުގައި މި މަޝްރޫއުގެ ރިސާޗް ކޮމްޕޮނޭޓްތައް ބެލެހެއްޓީ ޝިމާލްއެވެ. އަދި ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސްގެން ކަނޑުގެ އަޑީގެ ދިރުން ހުރި ގޮތާއި ގާތަށް ހުންނަ ތަފާތު ގޮތްތައް ދިރާސާ ކުރިއެވެ.