ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
މިރޭ 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ ވަނީ ބާއްވާފައެވެ.
އިސްލާމީ މަރުކަޒުގައި އޮތް މި ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވި ކަމުގެ ޚަބަރު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.
އެހެންވެ، ރޯދަމަހާއި ޝައްވާލް މަހުގެ ހަނދު ރާއްޖޭގައި ސާބިިތު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައެޅީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!