ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގެ ހާލަތު ހައްލުވެއްޖެކަން ތައި ބޮޑުވަޒީރު ޕެއިޓޮންގްޓާން ޝިނަވަޓްރާ ކަށަވަރުކޮށްދެއްވައިފިއެވެ.

ތައި ''ދަ ނޭޝަން'' ނޫހުގައި ބޮޑުވަޒީރު ޕެއިޓޮންގްޓާން ޝިނަވަޓްރާ އާއި ހަވާލާދީ ބުނެފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ބިންހެލުމުގެ ހާލަތު ހައްލުވެފައިވާ ކަމަށާއި، މިހާރު މީހުން އެމީހުންގެ ގެތަކަށް އެނބުރި ދެވިދާނެ ކަމަށް އެކަމަނާ ވިދާޅުވެފައިވާ ކަމަށެވެ.

Ad
rt

ޑޮން މުއަންގް ސަރަހައްދުގައި ހުންނަ މިލިޓަރީ އެއަރ ޓާމިނަލް 2 ގައި ބިންހެލުން މޮނިޓަރކުރުމާ ބެހޭ ބައްދަލުވުމަށްފަހު، ބޮޑުވަޒީރު ވިދާޅުވީ ބޭންކޮކްގައި އިމާރާތްކުރަމުންދާ ޢިމާރާތްތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ތައި މެޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް ހަވާލާދެއްވައި، ބޮޑުވަޒީރު ވިދާޅުވީ ބިންހެލުމުގެ މަރުކަޒަކީ މިޔަންމާގެ މަންޑަލޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބިންހެލުމުގެ އަނެއްޝޮކްތައް 12 ފަހަރު މެދުވެރިވެފައިވާ ކަމަށާއި، މީގެ ސަބަބުން ބޭންކޮކް އަދި އުތުރުގެ މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

ޕެއިޓޮންގްޓާން އިތުރަށް ވިދާޅުވީ މިހާރު މީހުންނަށް ޢިމާރާތްތަކަށް ވަދެވިދާނެ ކަމަށެވެ. ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ ސްކޭލްގައި 4.9 ކަމަށްވާތީ، އޭނާ ބާރުއަޅުއްވައި ވިދާޅުވީ ބިންހެލުން މެދުވެރިވެފައިވަނީ އެއްގަމުގައި ކަމަށްވާތީ ސުނާމީއެއް ނާންނާނެ ކަމަށެވެ.

ބޮޑުވަޒީރު އުންމީދުކުރައްވާ ގޮތުގައި ބީޓީއެސް އަދި އެމްއާރްޓީ މާސް ރެޕިޑް ޓްރާންސިޓް ނިޒާމުތައް މިއަދު ހެނދުނު އަލުން ހިދުމަތް ދޭން ފެށޭނެއެވެ. ދަތުރުފަތުރުގެ ވުޒާރާއިން ވަނީ މީހުން ދަތުރުކުރުމަށް ފަސޭހަކޮށްދިނުމަށްޓަކައި އާންމު ބަސްތަކުގެ ދަތުރުތައް އިތުރުކޮށްފައެވެ.

އެމީހެއްގެ ގޭގެއާ މެދު ސަލާމަތްތެރިކަމާ މެދު ކަންބޮޑުވާ މީހުންނަށް އާންމު ޕާކުތަކަށް ދެވިދާނެ ކަމަށާއި، އެތަންތަނުގައި ފެނާއި ކާނާވެސް ލިބެން ހުންނާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ވިދާޅުވީ ސަރުކާރުން ކަމާބެހޭ އިދާރާތަކާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޗަޓުޗަކް ސަރަހައްދުގައި އިމާރާތްކުރަމުންދިޔަ ސްޓޭޓް އޮޑިޓް އޮފީސް ޢިމާރާތް ވެއްޓުނު މައްސަލައާ ގުޅޭގޮތުން، ޕެއިޓޮންގްޓާން ވިދާޅުވީ އެތަނުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.