އޯޓިޒަމް ދުވަހާ ގުޅިގެން، ބުލްބުލް ތެރަޕީ ސެންޓަރާއި ހއ.އިހަވަންދޫ ކައުންސިލުން ގުޅިގެން އިހަވަންދޫގައި ހިލޭ ސްކްރީނިން ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
މި ސްކްރީނިން ކޭމްޕް ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 3 އަދި 4 ވަނަ ދުވަހުއެވެ.
މި ކޭމްޕުގެ ސްކޭން ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ބިހޭވިއާ އެންޑް ސައިކޮލޮޖީ، ސްޕީޗް ތެރަޕީ، އޮކިއުޕޭސަނަލް ތެރަޕީ އަދި ސްޕެސިއަލް އެޑިޔުކޭޝަން ތެރަޕީއެވެ.
އިހަވަންދޫ ކައުންސިލުން ވަނީ މި ކޭމްޕާއި ގުޅޭ އިތުމައުލޫމާތު ބޭނުންނަމަ އަދި އެޕޮއިންޓްމަންޓް ހެދުމަށް 7893030 ނަންބަރާއި ގުޅުމަށް އެދިފައެވެ.
ދުނިޔޭގެ ފެންވަރުގައި އޯޓިޒަމް ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ ދެވަނަ ދުވަހުއެވެ. މިގޮތުން އދ. އިން ކަނޑައަޅާފައިވާ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަސް ފާހަގަކުރާތާ މިއަހަރަށް 18 ފުރޭނެއެވެ.
މިއަަހަރުގެ އޯޓިޒަމް ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ލައިޓް އިޓް އަޕް ބްލޫ" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!