އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ރާއްޖޭގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ހަފުތާގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިންޑިއާގެ ޝިލޯންގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:30 ގަ އެވެ.

Ad
rt

މި މެޗުން ކާމިޔާބީ އަށް އެދިވަޑައިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ތައްޔާރީތަކުގެ ތެރެއިން، އިންޑިއާ އާއި ދިވެހިރާއްޖެ މިރޭ ވާދަކުރާ އެކުވެރިކަމުގެ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.