ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓަރމިނަލަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތައް ބައްލަވާލަށްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ރައީސްގެ މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

ރައީސް އޮފީހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓަރމިނަލުގެ ތަފްޞީލީ މަޢުލޫމާތު ރައީސަށް ދެއްވާފައެވެ. މީގެ ތެރޭގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހިމެނެއެވެ.

މި އައު ޓަރމިނަލަކީ އަހަރަކު ހަތް މިލިއަހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓަރމިނަލެކެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ވެސް މެއެވެ.