ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިދިޔަ ހަފްތާގައި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ސޮސިއެޑާޑްގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ދިޔައީ ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ (5-2) ގެ އެގްރިގޭޓް ނަތީޖާއިން ކުއާޓާއިން ޖާގަ ހޯދާފައެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސޮސިއެޑާޑުންނެވެ. މެޗުގެ ދިހަވަނަ މިނިޓުގައި ސޮސިއެޑާޑަށް ލިބުނު ޕަނަލްޓީއަކުން މި ލަނޑު ޖަހައިދިނީ މިކޭލް އޮޔާޒަބާލްއެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން ރަސްމުސް ހޮއިލެންޑަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޔުނައިޓެޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ މި މެޗުގައި ރެފްރީ ދިން ތިންވަނަ ޕެނަލްޓީ އެވެ. މި ޕެނަލްޓީ އަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޕެޓްރިކް ޑޯގޫ އަށް ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް އެވެ.

މި މެޗުގައި ރެއާލް ސޮސިއެޑާޑަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 63 ވަނަ މިނިޓުގައި ޖޯން އަރަމްބުރޫ އަށް ރެފްރީ ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

ބްރޫނޯ ފެނާންޑޭޒް މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 15 ވަނަ ލަނޑެވެ.

އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޑިއޮގޯ ޑަލޮޓް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށް ޔުނައިޓެޑަށް ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ޗެލްސީ ވަނީ ކޯޕަންހޭގަން ބަލިކޮށް ކުއާޓާއިން ޖާގަ ހޯދާފައެވެ. ދެން ކުއާޓާއިން ޖާގަ ޖޯދީ ޓޮޓެންހަމާއި، ލިޔޯންގެ އިތުރުން ރޭންޖާސްއެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގެ ކުރިމަތިލުންތައް:

ލިޔޯން - ޔުނައިޓެޑް

ޓޮޓެންހަމް - އެއިންޓްރަކް ފްރޭންކްފާޓް

ބޯޑޯ/ގްލިމް - ލާޒިއޯ

ރޭންޖާސް - އެތުލެޓިކް ބިލްބާއޯ