އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ހިއްސާދާރުންގެ 99 ޕަސެންޓުގެ ވޯޓުންނެވެ.
މި ޖަލްސާގައި ކުންފުނީގެ 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. މިއަހަރު ބަހަން ނިންމި އަދަދަކީ 2023 ވަނަ އަހަރު ބެހި 3.27 ރުފިޔާއަށްވުރެ 16 ލާރި އިތުރު އަދަދެކެވެ.
ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، ޖަލްސާގައި އުރީދޫގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރައްވާ ތިން ބޭފުޅުން ކުންފުނީގެ ބޯޑަށް އަލުން ހޮވިފައިވެއެވެ. އެ ބޭފުޅުންނަކީ ޖޯޖް ބޮވްރިން ޗެލެނާ، ވިކްރަމް ސިންހާ އަދި މޯޒާ މުހައްމަދު އޭވައި ދާވިޝްއެވެ.
އުރީދޫ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މުވާސަލާތީ ކުންފުންޏެކެވެ.
އެ ކުންފުނީގެ ކުރު ތާރީޚްގައި ވަނީ އަވަސް ޚިދުމަތާއެކު، މުޅި ރާއްޖެއަށް ޒަމާނީ، ލުއި ޚިދުމަތްތަކެއް ތަޢާރުފްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!