އިސްރާއީލުގެ ހަރުކަށި ހިފެހެއްޓުންތަކާ އެކުވެސް، ފަލަސްތީނުގެ 90،000 އަށްވުރެ ގިނަމީހުން ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދު އަލްއަޤްޞާ މިސްކިތުގައި ކޮށްފިއެވެ.

އިރުމަތީ ޤުދުސްގައި ހުންނަވާ އިސްލާމިކް ވަޤްފުގެ ޑިރެކްޓަރ ޖެނެރަލް، ޝެއިޚް އައްޒާމް އަލް-ޚަޠީބު އަނަޑޯލު ނިއުސް އޭޖެންސީއަށް ވިދާޅުވިގޮތުގައި، 90،000 އަށްވުރެ ގިނަމީހުން ހުކުރު ނަމާދުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް އޮންނަ ލޯތި ހާމަވެގެންދާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

މިހާ ގިނަޢަދަދެއްގެ ބަޔަކު ހުކުރު ޖަމާޢަގުއި ބައިވެިރިވެފައިވާއިރު، އިސްރާއީލްގެ ފުލުހުން މިސްކިތް ވަށައިގެންނާއި ގުދުސްގެ އޯލްޑް ސިޓީގައި ދިޔައީ ނަމާދަށް ހާޒިވި މީހުން ހިފަހައްޓަމުންނެވެ.

ބުރާސްފަތި ދުވަހު، އިސްރާއީލް ފުލުހުން އިޢުލާންކުރިގޮތުގައި 3،000 އޮފިސަރުން ހުކުރު ދުވަހު އިރުމަތީ ގުދުސްގައި ޑިއުޓީގައި ތިބޭނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލް ސިފައިން ދިހަހާހެއްހާ މީހުން ގުދުސްގެ ވަށައިގެންވާ މިލިޓަރީ ޗެކްޕޮއިންޓްތައް ހުރަސްކޮށް އަލްއަޤްޞާއަށް ދިއުން ހުއްޓުވާފައިވެއެވެ.

ބުރާސްފަތި ދުވަހު، އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން އިޢުލާންކުރިގޮތުގައި އެއްވެސް ހިފެހެއްޓުމަކާ ނުލައި އަޤްޞާ މިސްކިތަށް ހަމައެކަނި ވަދެވޭނީ 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ އަންހެނުންނާއި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އެކަންޏެވެ. އެހެން އުމުރު ފުރާތަކުގެ މީހުން ދުރާލައި ސެކިއުރިޓީ ކްލިއަރަންސް ހޯދައި، ކަނޑައެޅިފައިވާ ޗެކް ޕޮއިންޓްތަކަށް ހުށަހަޅަންޖެހެއެވެ.

މި ފިޔަވަޅުތަކާ އެކުވެސް، ގުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގައި ދިރިއުޅޭ ޢަރަބި ރަށްތަކުގެ މީހުން މިސްކިތަށް ދަތުރުކޮށްފައިވެއެވެ. އަލްއަޤްޞާ ގާޑުންނާއި، ސްކައުޓުންނާއި، ސެކިއުރިޓީ ޓީމުތައް ހިމެނޭ ވޮލަންޓިއަރ ގްރޫޕްތަކުން އެމީހުންނަށް އެހީތެރިވެފައިވެއެވެ.

ފަލަސްޠީނުމީހުން ދެކޭގޮތުގައި މި ހިފެހެއްޓުންތަކަކީ އިރުމަތީ ގުދުސް، އޭގެތެރޭގައި އަލްއަޤްޞާ މިސްކިތް ޔަހޫދީން އަމިއްލަ ކުރުމާއި އޭގެ ޢަރަބި އަދި އިސްލާމީ އަސްލު ފޮހެލުމަށް އިސްރާއީލުން ކުރަމުންދާ ފުޅާ މަސައްކަތުގެ ބައެކެވެ.