ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިން ބާއްވާ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.
ޕީއެންސީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް އެ ޕާޓީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމު މިރޭ އޮންނާނެ ކަމަށެވެ.
މި ފޯރަމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އެ ޕާޓީން ދަޢުވަތު ދީފައިވާއިރު، މި ފޯރަމް ފަށާނީ މިރޭ 21:00 ގައި އެ ޕާޓީގެ މައި ހަރުގެ، ކޮންގްރެސް ހައުސް ގައެވެ.
މި ފޯރަމް ހުށަހަޅުއްވައިދެއްވަން ހަމަޖެހިފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މިރޭ.
ތާރީޚް: 07 މާރޗް 2025 (މިރޭ)
ގަޑި: 21:00
ތަން: ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ / އާޓިފިޝަލް ބީޗް ކުރިމަތި)@pnc_secretariat… pic.twitter.com/NpGCQfKGQ6— Ahmed Mubeen (@ahmedmubean) March 7, 2025
މި ފޯރަމްގެ މައުލޫއަކީ ''ރަމަޟާން މަހާއި ކީރިތި ޤުރްއާން'' އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވެސް ދަނީ މި ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ. މިގޮތުން ކޮންމެ ރެޔަކުހެން ރާއްޖޭގެ އެކި ރަށްތަކުގައި އިހްޔާ ފޯރަމް ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!