ކެނެޑާއަށް ނިސްބަތްވާ ޔޫޓިއުބްގެ ވީލޮގަރ އަދި ދަތުރުވެރިޔާ ރޯޒީ ގެބްރިއަލް އިސްލާމްދީން ޤަބޫލުކޮށް، ޙައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް 2021 ވަނަ އަހަރު މައްކާއަށް ދިއުމަށް ނިންމާފައިވާ ކަމަށް ހާމަ ކޮށްފިއެވެ.

ރޯޒީ އިސްލާމް ދީން ޤަބޫލު ކުރިކަން އާންމުކުރުމުން އޭނާގެ ގިނަ ބެލުންތެރިންގެ ސުވާލު ތަކަށް ރޯޒީ އަންނަނީ ޔޫޓިއުބު މެދުވެރިކޮށް ޖަވާބުދާރީ ވަމުންނެވެ.

Ad
rt

ރޯޒީ ހާމަ ކުރިގޮތުގައި އޭނާގެ ނަން އެހެން ނަމަކަށް ބަދަލު ކުރުމުގެ ޚިޔާލެއް ނެތްކަމަށާއި، ބައިސްކަލުގައި ދަތުރުކުރަމުން، ދެމުން ގެންދިޔަ ޓުއަރ ތަކަށް ބަދަލެއް ނާންނާނެއެވެ.

މީގެ ދެހަފްތާ ކުރިން އިސްލާމްދީން ޤަބޫލުކުރި ރޯޒީ ވަނީ ހަޔާތަށް ގެނެވުނު މި ބޮޑު ބަދަލަށް މީހުންގެ ފަރާތުން ލިިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

2020 ވަނަ އަހަރަށް ޙައްޖަށް ދިއުމަށް ރަޖިސްޓްރީ ކުރާނެ ފުރުސަތު ލިބިފައި ނުވާތީ 2021 ވަނަ އަހަރު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ތައްޔާރު ވަމުން އަންނަކަމަށް ރޯޒީ ވަނީ ބުނެފައެވެ. އަދި އިސްލާމްދީން ޤަބޫލް ކުރުމުގެ ހެޔޮ ތައުފީޤް މާތް ﷲ ދެއްވިކަމީ އޭނާގެ ނަސީބު ކަމުގައި އޭނާ ފާހަގަ ކުރިއެވެ.