ރ. މަޑުއްވަރީ ދޯންޏެއްގައި ވެލިނަގަން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، ނިޔާވެފަައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:12 ގައެވެ.
އެމީހާ ހެލްތް ސެންޓަރަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމަތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ބަލަން ޖެހޭ ބެލުންތައް ފުލުހުން ދަނީ ބަލަމުންކަމަށް ފުލުހުން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!