މާލޭގެ އެކި ސަރަހައްދުތަކުން ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، މިކަމާ ގުޅޭގޮތުން ތަހުލީލުކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެ ވުޒާރާއިން މިއަދު ބުނެފައިވަނީ، މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މައްސަލައިގެ ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމުކޮށް ހާމަކުރާނެ ކަމަށް ވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކޮތަރު އުޅޭއިރު މިފަހަކުން މާލޭގެ ބައެއް ތަންތަނުން މަރުވެފައިވާ ކޮތަރާއި، ބަލި ކޮތަރު ދަނީ ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!