މާލޭގެ މާވެޔޮ މަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު، ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ މެންދަމުން އަނބުރާ 2:39 ކަށް ހާއިރު ކަމަށެވެ.

Ad
rt

ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ތިބީ އަންހެން ހެދުން އަޅައިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ވާދޫ، ލިލީގެ، މުޙައްމަދު ސަބާޙް (46 އަހަރު) އާއި ނ. މިލަދޫ، ސޯސަންގެ، މުޙައްމަދު ނައުޝާދު (42 އަހަރު) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންކަމަށް އެ އިދާރާއިން ބުންޏެވެ.