އުތުރު ސަރަޙައްދުގެ ރަށެއްގައި އިތުބާރުކުރެވޭ ފަދަ މަޤާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

Ad
rt

މި މައްސަލައިގައި ތުހުމަތުކުރެވެނީ 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން ހިނގި ހާދިސާއަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ފާހަގަކުރި ގޮތުގައި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ އެ ޚިދުމަތުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އެ ޚިދުމަތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ނ. އަތޮޅު ރަށެއްގައެވެ.