ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދިނުމަށް ކަމަށާއި އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫންކަމަށް އަދި އޭގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް ދައްކައިދޭނެކެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ލ. ގަމުގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލާރުމަކަޒީ ނިޒާމުން ކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު ހުންނާނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިގައި ކަމަށާއި އެގޮތުން ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެ އަށް ތައާރަފްކުރި ނިޒާމެއް ކަމަށެވެ.

Ad
rt

އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީ އަށް ދޭ ވޯޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.