އެމެރިކާގެ ލޮއިސްވިލް އެއަޕޯރޓްގެ ނަން މައްޝޫރު ބޮކްސިން ޗެމްޕިއަން މުޙައްމަދު ޢަލީގެ ނަމަށް ބަދަލުކޮށްފިއެވެ.
ޖެނުއަރީމަހު މިގެނެވުނު ބަދަލުގައި ލޮއިސްވިލް އިންޓަރނޭޝަނަލް އެއަރޕޯރޓް ގެ ނަން ބަދަލު ކޮށްފައިވަނީ މުޙައްމަދު ޢަލީ އިންޓަރނޭޝަނަލް އެއަރޕޯރޓް ގެނަމަށެވެ.

ޢަލީ ވީކް ގެ ނަމުގައި މުޙައްމަދު ޢަލީގެ ހަނދާނުގައި ފާހަގަ ކުރަމުން އަންނަ ހަފްތާއެއްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ބުރާސްފަތި ދުވަހު މިކަން ހާމަ ކޮށްފައިވަނީ މިކަމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައި ލޯގޯ އެއް އާންމު ކުރުމަށްފަހުއެވެ.
ބެޖް ޑިޒައިން ތައްޔާރުކޮށްފައިވާ މި ލޯގޯ ގައި ބޭނުންކޮށްފައިވާ މުޙައްމަދު ޢަލީ އަތްމައްޗަށް ނަގައިގެން ކާމިޔާބީ ރަމްޒުކޮށްދޭ ކަޅު ހިޔަނީގެ ފަހަތުގައި ކޮކާލެއް ފެނެއެވެ. މި ލޯގޯގައި ރަތާއި އޮރެންޖު ކުލަ ބޭނުންކޮށްފައިވަނީ ބާރާއި ހިތްވަރު ދައްކުވައިދިނުމަށެވެ.
މުޙައްމަދު ޢަލީގެ ހަނދާނުގައިބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މުޙައްމަދު ޢަލީ ސެންޓަރގެ ރެޕްރެސެންޓެޓިވް އަދި މޭޔާރު ގްރެގް ފިޝަރ އޮފީހުގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މުޙައްމަދު ޢަލީގެ އަންހެނުން ލޮނީ ޢަލީ ވަނީ ބައިވެރި ވެފައެވެ.
ލޮނީ މުޙައްމަދު ޢަލީގެ ހަނދާނެއް ހިއްސާކުރަމުން ބުނެފައިވަނީ ފްލައިޓްގައި އުދުހެން ބިރުންހުރެ މުޙައްމަދު ޢަލީ މި އެއަރޕޯރޓުން ފުރި ދުވަހެއްވެސް ދިޔަކަމުގައިވިޔަސް ، މިއަދު މި އެއަރޕޯޓަށް މުޙައްމަދު ޢަލީގެ ނަން ދެވުމުން މުޙައްމަދު ޢަލީ އާ ބައްދަލުވާ މީހުނަށް އޭނާ ކިއާފަދަ މަރުޙަބާއެއް މިއެއަރޕޯޓުންވެސް ލިބިގެންދާކަހަލައެވެ.

އެމެރިކާގެ އިސްލާމިކް ރިލީފްގެ ސީއީއޯ އަދި ރައީސް އަންވަރްޚާންވެސް ވަނީ އެމެރިކާއަށް ނިސްބަތްވާ މުސްލިމެއްގެ ނަމުން ނަންދެވިފައިވާ އެއަރޕޯރޓެއް އެމެރިކާގައި ހުރުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން އުތުރު އެފެރިކާއަށް ނިސްބަތްވާ އަލީ ސެންޓަރގެ މުއައްޒިފެއްކަމުގައިވާ މަރިއަމް ބާ ވަނީ މިއީ ބުރުގާ އަޅާ އަންހެނުންނަށް ލިބިގެންދިޔަ ފަޚުރެއްކަމަށާއި، މުޙައްމަދު ޢަލީގެ އަވަށަށް ނިސްބަތްވާ ކަޅު ނަސްލުގެ ހުރިހާ ޒުވާނުންނަށް ފުރުސަތާއި ހުނަރުގެ ބޭނުން ކޮށްގެން ލަނޑުދަނޑިއަކަށް ވާސިލްވުމަށް ލިބުނު ހިތްވަރެއްކަމަށް ފާހަގަކޮށްފައެވެ.
ލޮނީ ޢަލީއަށް ވަނީ ލޮއިސްވިލްއަށް ނިސްބަތްވާ މަޝްހޫރު ދަރިއެއްކަމުގައިވާ މުހައްމަދު އަލީ ބޮޒިންގ ރިންގުގައި ހުއްޓައި ނަގާފައިވާ ފޮޓޯ އަކާއު ނޫހުގައި ޝާއިރު ކުރެވިފައިވާ ތަފާތު ޚަބަރު ތަކުގެ ފޮޓޯ އަދި ލޯގޯ ޖަހާފައިވާ ކުއިލްޓެއް ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!