ރައްވެހި ކަމުގެ ޤާނޫނާއި މެދު މުޒާހަރާތައް ކުރިއަށް ދަނިކޮށް އިންޑިއާގެ ކެރަލާގެ 100 އަހަރުވީ މިސްކިތެއްގައި ހިންދޫ ކައިވެންޏެއްގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކައިވެނި ކުރެވުނު އަންހެން ކުއްޖާގެ މަންމައަށް ދިމާވެފައިވާ ފައިސާގެ ދަތިތަކަަށް ވިސްނައި، އެ ކައިވެނި މިސްކިތުގައި ބޭއްވުމަށް އިސްނަގައިގެން ހުރިހައި ކަމެއް ހަމަ ޖައްސައިދީފާވަނީ އެ މިސްކިތުންނެވެ.

Ad
rt

ކައިވެނި ކުރެވުނު ދެމީހުން ކަމުގައިވާ އަންޖޫ އަޝޯކް ކުމާރް އަދި ސަރަތް ސައި ވަނީ މި ކައިވެނީގެ ރަސްމިޔާތު މިސްކިތުގައި ބޭއްވުންމީ އެކި ދީން ތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ހެއްކެއްކަމުގައެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ޝެރަވަލީ މުސްލިމް ޖަމާތް ކޮމިޓީ ގެ ސެކްރެޓަރީ ނަޖުމުއްދީން އަލަމްމޫޓިލް ބުނެފައިވަނީ ކައިވެނިކުރެވުނު އަންހެން މީހާއަކީ، މިސްކިތުގެ ތާރީޚުގައިވެސް އެމިސްކިތައް ވައިން ފުރަތަމަ އަންހެންމީހާއެވެ. އަދި ކައިވެނީގެ ހަދިޔާގެ ގޮތުގައި މިސްކިތުގެ ކޮމިޓީގެ ފަރާތުން ރަނުގެ 10 ސިއްކަ، 100،000 އިންޑިއާ ރުޕީސް އަދި ޓީވީ އަކާ ފްރިޖެއް ވަނީ ދީފައެވެ. މިކައިވެނީގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީވެސް މިސްކިތުގެ ކޮމިޓީގެ ހެޔޮއެދުންތަކާއެކުއެވެ.

ކެރަލާގެ ޗީފްމިނިސްޓަރ ޕިނަރާޔާ ވިޖެޔަން ވަނީ މިއީ އެއްބައިވަންތަކަން ހާމަކޮށްދޭ މިސާލެއްކަމަށް ވިދާޅުވެ ޓުވީޓް ކޮށްފައެވެ.