މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން ވަނީ މީހަކު ރޭގެ ވަގުތެއް ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ވެހި، އަމަން ޢަލީ ޚާލިދު (24އ) އެވެ.
އަމަން ޢަލީ ޚާލިދު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން މަސްތުވާތަކެތި ފެނުމުންނެވެ.
''އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވޭ'' ފުލުހުން މައުލޫމާތު ދީފަވެއެވެ.
ފުލުހުން ބުނިގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނީ 8.36 ގުރާމެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!