ވޭޕް ބޭނުންކުރުމާއި ގުޅޭ މައްސަލަތަކުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ޖޫރިމަނާކުރެވުނު އަދަދު ޖުމްލަ 160,500 ރުފިޔާއަށް އަރައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިއިރު ވޭޕުގެ މައްސަލަތަކުގައި މިހާތަނަށް ޖޫރިމަނާކޮށްފައި ވަނީ 29 މީހުންނެވެ.

Ad
rt

މި ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން 22 އަށް 6 މައްސަލައެއްގައި 6 މީހަކު ޖޫރިމަނާ ކޮށްފަވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 30,000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފަވެއެވެ. ހަމަ އެ އަހަރުގެ ޑިސެމްބަރު 15 އިން 31 އަށް އިތުރު 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 60,500 ރުފިޔާގެ ޖޫރިމަނާ ހިމެނެއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖަނަވަރީ 1 އިން 31 އަށް 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 70,000 ރުފިޔާގެ ޖޫރިމަނާ ހިމެނެއެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ރާއްޖޭގައި 15 ޑިސެންބަރު 2024 އިން ފެށިގެން ވަނީ މަނާވެފައެވެ.