މާލޭގައި މަސްތުވެގެން ހުރެ ހަމަނުޖެހުން ހިންގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 00:05 ހާއިރު މުރަނގަމަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރީގައެވެ.

Ad
rt

ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ލ. ކުރެންދޫ / ދިލާސާގޭ، އިބްރާހިމް ޒާހީ ސުލައިމާން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައިވާއިރު، މާލޭގައި އިއްޔެ އާއި ރޭ ވަނީ ނުރައްކާތެރި ދެ މާރާމާރީއެއް ހިނގާފައެވެ. އޭގެ ތެރެއިން އެއް މާރާމާރީގައި ކެފޭއެއްގެ ބަދިގޭގައި ބަންގްލަދޭޝް މީހަކު ނޭޕާލު މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން އެ މީހާ މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި އަނެއް މާރާމާރީގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ވަނީ ޒަޚަމްކޮށްލާފައެވެ.