ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް މަޖިލިސް ހިމެނޭ ސަރަހައްދުގައި އިހުތިޖާޖު ކުރަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން ނިންމައިފިއެވެ.
މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފަ ވާއިރު، މިއީ ރައީސް މުއިއްޒު އެ މަޖިލީހުގައި އިއްވާ ދެވަނަ ރިޔާސީ ބަޔާނެވެ.
އިހުތިޖާޖުކުރަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ކަމަށް އެމްޑީޕީއިން ބުނާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ބޮޑު ހިނގާލުމެއް ވެސް އެ ޕާޓީއިން ވަނީ މިދިޔަ ހުކުރު ދުވަހު ބާއްވައިފަ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!