ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް، ފަހަތުން އައި މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގުމުންނެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!