ހުޅުމާލޭގައި ބާއްވަން އުޅުނު ހިންދޫންގެ ޕޮންގަލް ފެސްޓިވަލް ނުބާއްވަން ސަރުކާރުން އަންގައިފިއެވެ.

ފުލުހުން މިރޭ ބުނީ މި މަހު 7 ވަނަ ދުވަހު ‘’ޕޮންގަލް 2025’’ ނަމުގައި ބާއްވަން އުޅުނު ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތަށް އެ ފެސްޓިވަލް ނުބޭއްވޭނެކަމަށް އަންގާފައިވާ ކަމަށެވެ.

Ad
rt

އެހެންވެ، އެ ފެސްޓިވަލްް ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމް ކުރިފަރާތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

‘’މިފަދަ ހަރަކާތްތައް ހިންގާނަމަ ފުލުހުންގެ ޚިދުމަތުން އެކަމެއް ހުއްޓުވާނެ ވާހަކަ ދަންނަވަމެވެ.’’ ފުލުހުން ބުނެފަވެއެވެ.

މި ފެސްޓިވަލް ބާއްވާނެ ކަމަށް އިޝްތިހާރުކޮށްފައި ވަނީ ހުޅުމާލޭގައި ބާއްވާށެވެ. މި ފެސްޓިވަލް ބޭއްވުމަށް އިޝްތިހާރު ކުރަން ފެށުމުން އާންމުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންއަޅުކަންކުރާނެ ތަންތަން ހެދުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ށިއާރުކަމަށް ބެލެވޭ ތަކެތިވިއްކުމާއި ގެންގުޅުމާއި އިށްތިހާރުކުރުމަކީ މަނާކަމެކެވެ.