މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު އިތުރު ބައެއްގެ އަތުން ފައިސާ އަތުލާފައިވޭތޯ ބެލެމަށް ފުލުހުން ޢިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންނާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވާކަމަށެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މިހާތަނަށް ތަހުގީގަށްވަނީ ފާހަގަކުރެވިފައި ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ “ކެލާ އަހައްމަދު” ގެ ނަމުންކަމަށެވެ.

އެހެންވެ އާދަމް އިރުޝާން، މަކަރާއި ހީލަތުުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.