ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ރޭޕްގެ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް މާލާގައި ކުރާ މުޒާހަރާ ފެށިގެން ކުރިއަށް އެބަދެއެވެ.

" ރޭޕް ހުއްޓުމަށް ތިބާގެ ދައުރު އަދާކުރޭ " މި ނަމުގައި ފެށި އެ މުޒާހަރާ ފެށި ފައިވަނީ މިއަދު 16:00 ގައި އާޓިފިޝަލް ބީޗްގައެވެ.

Ad
rt

ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ރޭޕްގެ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ތަފާތު ޝުއޫރުތައް ދައްކުވައިދޭ ބޯޑުތައް ބޭނުންކުރަމުން އެބަދެއެވެ.

މި މުޒާހަރާ ހުސްވި ހަފްތާގައިވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތާއި ގުޅުން ހުރި ހަރަކާތްތަކެއް މަމްސް ޖަމްޢިއްޔާގެ ފަރާތުންވެސް ދަނީ ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުންނެވެ.

ގއ. ކަނޑު ހުޅުދޫގައި 2 އަހަރު ކުޑަކުއްޖަކު އެކުއްޖާގެ ކާފައާއި މުނިކާފަ އަނިޔާވެރިކޮށް ރޭޕްކުރި މައްސަލަ މިމަހު ފެންމަތިވިފަހުން އަންނަނީ ރޭޕްގެ ވަޅުޖަހާފައި ހުރި އެތައް މައްސަލައެއް ފެންމަތިވެ، ހާމަވަމުންނެވެ.

އެމައްސަލަތަކުން ޤައުމު އޮތް އަނދިރި ހާލަތާއި، ހައްލާއި އިންސާފަށް އެދިއެދި ތިބި ނިކަމެތި ރައްޔިތުންނެއް ތިބިކަންވަނީ ހާމަވެގެން ގޮސްފައެވެ.