ދަނޑުވެރިކަމުގެ އެކި ރާތަކުން ރާއްޖެއިން ބޭރުން ޑިގްރީ އާއި މާސްޓާސް އަށް ކިޔަވަން ސްކޮލާޝިޕް ފުރުސަތުތަކެއް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ވެލްފެއާއިން ހުޅުވާލައިފިއެވެ.

މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ދަށުން ހުޅުވާލާ ފުރުސަތުތަކެކެވެ.

Ad
rt

މި ފުރުސަތުގެ ދަށުން ބެޗްލާސް ޑިގްރީ އިން ހުޅުވާލާފައިވަނީ އެގްރިކަލްޗަރަލް ސައިންސް، ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް، އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) ގެ އިތުރުން ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލާ އޮފް އިކޮނޮމިކްސް އެވެ. މާސްޓާސް ޑިގްރީއިން ހުޅުވާލާފައި ވަނީ ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ ދާއިރާ އިން އެއް ފުރުސަތެވެ.

ކޯސްތަކުގެ ތެރޭގައި ހިމެނޭ ބެޗްލާސް ޑިގްރީ ގެ ކޯހަށް ކުރިމަތިލާ ނަމަ، އޯ ލެވެލްގެ ފަސް މާއްދާއިން ސީ އިން ފެށިގެން މަތިން އަދި އޭ ލެވެލްގެ ތިން މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

މާސްޓާސްއަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާ އެކު ގުޅުން ހުރި ދާއިރާއެއްގައި ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާނަމައެވެ.

ކޯސްތަކަށް އެދުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ 12:00 އާއި ހިސާބަށް ހުޅުވާލާފައެވެ.