ސީރިއާގެ ލަޓަކިއާ ބަނދަރުގައި ރައްކާކޮށްފައި ހުރި ކެޕްޓަގަން ޑްރަގް ގުދަނެއް ފެނިއްޖެއެވެ.
ސީރިއާގެ ސެކިއުރިޓީ ބާރުތަކުން އާދީއްތަ ދުވަހު ހޯދި ޑްރަގް ގުދަނަކީ ވައްޓާލެވުނު އަސަދް ވެރިކަމުގެ ކެޕްޓަގަން ޓްރެފިކިންގ އާ ގުޅުންހުރި ތަނެއްކަން ޖެނެރަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން ވަނީ ހާމަކޮށްފައެވެ.
އާދީއްތަ ދުވަހު އަނަޑޯލު އެޖެންސީއަށް މައުލޫމާތު ދެމުން، ކޮމާންޑަރ އަބޫ އުސާމާ ވިދާޅުވީ މި ގުދަން ކޮންޓްރޯލް ކުރަމުން ގޮސްފައިވަނީ ވައްޓާލެވުނު ވެރިޔާ ބައްޝާރް އަލް-އަސަދްގެ އަޚް މާހިރް އަލް-އަސަދްގެ ދަށުގައިވާ ސީރިއާ އާމީގެ ހަތަރުވަނަ ޑިވިޜަނުންކަމަށެވެ.
ބަނދަރުގައި ހިންގި އޮޕަރޭޝަންގެ ދެވަނަ ދުވަހު ކުރެވުނު މަސައްކަތުން ހޯދުނު ކެޕްޓަގަން ހުރީ ކުޑަކުދިންގެ ކެރިއަރތަކާއި، ފެންޕަންޕްތަކާއި އަދި ކަރަންޓް ވައިރުތަކުގެ ތެރޭގައި ފޮރުވާފައިކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުގެ އަންދާޒާތަކުން ދައްކާގޮތުގައި ދުނިޔޭގެ ކެޕްޓަގަން އުފެއްދުމުގެ 80 އިންސައްތަ ކޮންޓްރޯލްކޮށްފައިވަނީ އަސަދް ވެރިކަމުންނެވެ. މި ވިޔަފާރީގެ އަގަކީ އަހަރަކު 10 ބިލިއަން ޑޮލަރެވެ. އަސަދް އާއިލާއަށް މި ވިޔަފާރިން އަހަރަކު 2.4 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ހޮނިހިރު ދުވަހު ހަމަ މި ބަނދަރުން ފެނުނު އެންމެ ބޮޑު ޑްރަގް ގުދަނަށްފަހު ފެނުނު އިތުރު ގުދަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!