ރާއްޖޭގެ ހައިކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ފަޟީލަތއްޝައިޙް ޝުޢައިބު ޙުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝުޢައިބް އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 55 އަހަރެވެ.

Ad
rt

ޝުޢައިބްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މާލޭ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިރޭ 23:00ގައެވެ.

ޝުޢައިބަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ގިނަ މަގާމުތަކެއް ވެސް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ޚާއްސަ ގާޟީކަމާއި، ފެމިލީ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން ހިމެނެއެވެ. މީގެ އިތުރުން، ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް ޝުޢައިބު ކުރެއްވިއެވެ.

ޝުޢައިބު ވަނީ 1977ވަނަ އަހަރު ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އޭގެފަހުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފައިވެއެވެ. އޭނާ ވަނީ މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ޝުޢައިބު ރިޓަޔާކޮށްފައިވަނީ 2022ވަނަ އަހަރުގެ ނޮވެމްބަރު 22ވަނަ ދުވަހެވެ.