ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ "ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ދުވަސްކޮޅެއް ވަންދެން ދެކެވެމުންދިޔަ ވާހަކަތަކަކާ ގުޅިގެން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން,"

ހީނާ ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި ރާއްޖޭގައި ސޯޝަލް މީޑިޔާގެ ބައެއް ވަސީލަތްތައް ބޭނުންކުރުން މަނާކުރުމަށް އުޅޭ ކަމުގެ އަޑުތަކެއް އިދިކޮޅު ފަރާތްތަކުންނާއި މީސްމިޑިއާގައި ކާކުކަން ނޭންގޭ ބައެއް ފަރާތްތަކުން އައީ ފަތުރަމުންނެވެ.