ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ 7 މީހަކު މިއަދު ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ 7 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ.
ގެއްލުނު ފީނުންތެރިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ވ. ފުލިދޫ ލޯންޗަކަށް ކަނޑުމަތިން އެ 7 މީހުން ފެނި، އެމީހުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެންގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދަނިކޮށް ފެނުނީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއްކަން ނުވަތަ ނޫންކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!