ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.
މިއީ ސްޕެނިޝް ސްޕަކަޕް ސައުދި އަރަބިއްޔާގައި ކުޅޭ ތިންވަނަ ފަހަރެވެ. މިއީ މި މުބާރާތް ސައުދީގައި ބޭއްވުމުގެ ބޭނުމަކީ އެ ގައުމުގައި ފުޓްބޯޅަ ކުރިއެރުވުމުގެ އިތުރުން ކުޅުންތެރިންނަށް ލިބޭ މާލީ މަންފާ އިތުރުކުތުމެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ގަވީއެވެ. މިއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާގައި ދަނޑުން ބޭރުގައި އަހަރު ދުވަހު ހުރުމަށް ފަހު އެނބުރި އައިސް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ލެމީން ޔަމާލްއެވެ. ދެ ލަނޑުގެ ލީޑަކާއިއެކު ބާސާއިން މެޗުގެ ފަހުބައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.
މި މެޗުގައި އެންމެ ފާހަގަ ކުރެވުނީ އެއްކަމަކީ ބާސެލޯނާގެ އެއްވަނަ ކީޕަރު އިނާކީ ޕެންޔާ ބެންޗުގައި ބޭންދިކަމެވެ. މެޗަށް ފަހު ކޯޗު ހަންސީ ފްލިކް ބުނީ އެއީ އޭނާ ނިންމި ނިންމުމެއް ކަމަށެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ޕެންޔާ ލައްވައި ނުކުޅުވީ އިއްޔެ އޮތް ޓީމުގެ ފަރިތަކުރުންތަކަށް އޭނާ ގަޑިޖެހިގެން އައުމުންނެވެ. ޕޮލެންޑްގެ ކީޕަރު ވޮސިއެޗް ޝެޒްނީ އަކީ ބާސެލޯނާގެ އެއްވަނަ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަށް ބޮޑު އަނިޔާއެއްވުމުން މި ސީޒަނުގެ ފަހުބައިގައި ކުޅުވަން ކީޕަރަކެވެ. އޭނާ ރިޓަޔާމަންޓް އުވާލައި ކުޅެން ނުކުތީ ވެސް ބާސެލޯނާ އެދުމުންނެވެ. މިއީ ޝެޒްނީ ބާސެލޯނާގެ ޖާޒީގައި ކުޅުނު ދެވަނަ މެޗެވެ. މެޗުގައި މޮޅު ސޭވްތަކެއް ކުރުމާއެކު މިހާރު ބެލެވެނީ ފައިނަލް މެޗުގައި ކުޅުވާނީ އޭނާ ލައްވައި ކަމަށެވެ.
މި މުބާރާތު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ވާދަކުރާނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ. މިބާރާތު ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!