އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ޓޮޓެންހަމާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުގެ އުންމީދު ޓޮޓެންހަމުން ބޮޑުކޮށްފިއެވެ.
ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ޖަހައިދީފައި ވަނީ ލޫކަސް ބާގްވެލްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސޮލަންކޭގެ އެހީތެރިކަމާއި އެކުއެވެ.
މެޗުގެ ކުރީކޮޅު ޓޮޓެންހަމްގެ އުރުގުއޭ މިޑްފީލްޑަރު، ރޮޑްރީގޯ ބެންޓަންކޫރަށް ސީރިއަސް އަނިޔާއަކާއި ގުޅިގެން އޭނާ ސްޓްރެޗަރުގައި ބާލައިގެން ގެންދަން ހޮސްޕިޓަލަށް ގެންދިޔައެވެ. މެޗަށް ފަހު ޓޮޓެންހަމުން ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލަށް ރޭ މެޗުގައި މާ އެދެވޭ ކުޅުމެއް ކުޅެވިފައިނުވާއިރު، ލަނޑުޖަހާނެ ރަނގަޅު މާގިނަ ފުރުސަތު ވެސް ހޯދިފައިނުވެއެވެ.
ފުރަތަމަ ލެގް ޓޮޓެންހަމް އިން ކާމިޔާބު ކޮށްފައިވާއިރު އަންނަ މަހުގެ ހަވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައި ކުޅޭ ދެވަނަ ލެދުގެ މެޗު އެއްވަރު ކޮށްލައިގެން ފައިނަލުން ޓޮޓެންހަމަށް ޖާގަ ލިބޭނެއެވެ. ޓޮޓެންހަމް ބަލިކޮށްގެން ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު ލިވަޕޫލަށް ވެސް އެބައޮތެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުރީރޭ ކުޅެފައިވާއިރު އަމިއްލަ ދަނޑުގައި އާސެނަލް ވަނީ ނިއުކާސަލް އަތުން ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!