ހާލުގައި ޖެހުނު އުމްރާވެރިން މި މަހު 10 ގައި ރާއްޖެ ގެނެވޭތޯ މަސައްކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އެމީހުން ތިބިހޮޓަލުން ނިކުންނަން ޖެހޭތީވެ އެމީހުން ފުރަންވަންދެން ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ ކަމަށެވެ.

Ad
rt

‘’އެމީހުންގެ ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ. އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ހިމެނޭ.’’ ޝަހީމް ވިދާޅުވެފަވެއެވެ.

އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސަރުކާރުން އެހީވަނީ

އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސަރުކާރުން އެހީވަނީ

އަލްހިޖްރަ ގްރޫޕްގެ ހަވާލުގައި އުމުރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މީހުން ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތްކަމެއް ކުރަށްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މިރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހިޖްރަ ގްރޫޕްގެ ހަވާލުގައި އުމުރާއަށް ދިޔަ 24 މީހަކަށް ވަނީ އަދި ރާއްޖެ ނާދެވިއެވެ.