ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައިފިއެވެ.

މި ބަދަލުތައް ގެންނަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ.

Ad
rt

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއި ވުޒާރާތަކުގެ ނަންތަކަށް ގެންނެވި ބަދަލުތައް

1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ ބުރުނި، ނިވައިދޮށުގެ މޫސާ ޒަމީރު
2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ ޑޮކްޓަރ މަރްޔަމް މާރިޔާ
4. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް

ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވި ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއެވެ.

ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މި ބަދަލުތަކަށްފަހު ރައީސް މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތަށްފަހު ރައީސް މުޢިއްޒު ވަނީ މިއަދު ޢައްޔަނުކުރެއްވި 4 ވަޒީރުންނާ ބައްދަލުކޮށްލައްވާފައެވެ.