ދިވެހިރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، ވައިގެ މަގުން ދިވެހިރާއްޖެ އައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ މިމަހު 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުންނެވެ.
މިތަކެތީގެ ބަރުދަނުގައި 235 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލާގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!