ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި މިޔަރު އަދި މަޑިމަސް ނައްތާލައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، ވަގަށް ބޭރުކުރަން އުޅެނިކޮށް ހިފަހައްޓައި، ނައްތާލާފައިވާ މިޔަރު އަދި މަޑިމަހުގެ ޖުމްލަ ބަރުދަނުގައި 582 ކިލޯ ހުރި ކަމަށެވެ.
މި ތަކެތި ނައްތާލާފައި ވަނީ މިދިޔަ އާދީއްތަ (22 ޑިސެމްބަރު 2024) ވަނަ ދުވަހުއެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑިއާއި، މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެކްސްޕޯޓު ކުރުމަކީވެސް މަނާ ކަމެކެވެ.
މީގެ ކުރިން ވެސް މިގޮތަށް ވައިގެ މަގުން މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް އެއާޕޯޓުން އަތުލައިގެންފައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ. އެގޮތުން ކިލޯއެއް 400 ޑޮލަރަށް ވިއްކާލެވޭއިރު މި ރޭޓުން ބަލާނަމަ މިއަދު އަތުލައިގަތީ1.5 މިލިއަން ރުފިޔާގެ މިޔަރު އުރަހައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!