ޔުކްރެއިން މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުރި ކަމަށާއި، ޔުކްރެއިންގެ އިސްވެރިންނާއެކު މަޝްވަރާތައް ފެށުމަށް އެއްވެސް ޝަރުތެއް ނެތް ކަމަށެވެ.

Ad
rt

ބުރާސްފަތި ދުވަހު ރަޝިޔާގެ ސަރުކާރުގެ ޓީވީއަކުން ދެއްކި ސުވާލާއި ޖަވާބު ސެޝަނެއްގައި ޕުޓިން ވިދާޅުވީ، ޓްރަމްޕާ ބައްދަލުކުރުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި އެމެރިކާގެ ނިއުސް ޗެނަލެއްގެ ރިޕޯޓަރަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެންމެ ފަހުން ޓްރަމްޕާ ވާހަކަ ދެއްކެވީ އަހަރުތަކެއް ކުރިން ކަމަށެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، ރަޝިޔާ މިހާރު ވަނީ 2022 ވަނަ އަހަރު ޔުކްރެއިނަށް ސިފައިން ފޮނުވި އިރަށްވުރެ މާ ބާރުގަދަވެފައި ކަމަށެވެ. އަދި ރަޝިޔާ އަބަދުވެސް މަޝްވަރާތަކަށާއި އެއްބަސްވުންތަކަށް ތައްޔާރަށް އޮންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިފައިން މުޅި ފްރަންޓް ލައިނުގައި ކުރިއަށް ދަނީ، އަދި ޔުކްރެއިނުގައި އަޅުގަނޑުމެންގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރަމުން, އަޅުގަނޑަށް ހީވަނީ ގިނަ ދުވަހެއް ނުވެ، ހަނގުރާމަ ކުރަން ބޭނުންވާ ޔުކްރެއިނުގެ މީހުން ހުސްވާނެ ކަމަށް. އަޅުގަނޑުމެން ތައްޔާރަށް މިތިބީ، އެހެންނަމަވެސް އަނެއް ފަރާތުންވެސް މަޝްވަރާތަކަށާއި އެއްބަސްވުންތަކަށް ތައްޔާރުވާން ޖެހޭ." ޕުޓިން ވިދާޅުވިއެވެ.

އެހެންނަމަވެސް، ޓްރަމްޕް ވަނީ ހަނގުރާމަ އަވަހަށް ނިންމާނެ ކަމަށް ވަޢުދުވެފައެވެ. ނަމަވެސް އެކަން ކުރާނެ ގޮތުގެ ތަފްސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.