ޗައިނާގެ އޭއައި މޮޑެލްތައް އެމެރިކާގެ މޮޑެލްތަކާ ވާދަކޮށް ކުރިއަރަމުން ދާ ކަމަށް މީޑިއާ ޓެކް ރިޕޯޓްތައް ބުނެފިއެވެ.

ސީއެންބީސީގެ ރިޕޯޓެއްގައި ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ވާދަކޮށް ކުރިއެރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށް ސީއެންބީސީއަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ އޭއައި މޮޑެލްތައް މިހާރުވެސް ވަރަށް މަޤްބޫލުވެފައިވާ ކަމަށާއި، އެމެރިކާގެ މޮޑެލްތަކާ އެއްފެންވަރުގައި، އަދި ބައެއް ދާއިރާތަކުން އެމެރިކާގެ މޮޑެލްތައް ފަހަނައަޅާ ގޮސްފައިވާ ކަމަށް މި މާހިރުން ފާހަގަކޮށްފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.

Ad
rt

އޭއައި މިހާރު ވެފައިވަނީ އެމެރިކާއާއި ޗައިނާގެ މެދުގައި އޮތް އެންމެ ފަހުގެ ވާދަވެރި މައިދާނަށެވެ. ދެ ޤައުމުންވެސް މި ޓެކްނޮލޮޖީއަކީ ގައުމީ މުހިންމު ޓެކްނޮލޮޖީއެއްގެ ގޮތުގައި ދެކެއެވެ. އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރަށްޓަކައި، އޭއައި ހިންގުމަށް ބޭނުންވާ އެންމެ ފަހުގެ ޗިޕްތައް ޗައިނާއަށް ލިބުން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދެއެވެ.

މިކަމުގެ ސަބަބުން، ޗައިނާއިން ވަނީ އަމިއްލަ ގޮތްތަކެއް ހޯދައި، އެ ޤައުމުގެ އޭއައި މޮޑެލްތަކުގެ ފެންވަރު މަތިކޮށް، އޭގެ ބޭނުން އިތުރުކުރުމަށް މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި އޯޕަން-ސޯސް ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަމިއްލައަށް ވަރަށް ހަލުވި ސޮފްޓްވެއަރ އަދި ޗިޕްތައް ތައްޔާރުކުރުން ހިމެނެއެވެ.

ބޮޑު މި ދެ ޤައުމުގެ މެދުގައި އޭއައި ދާއިރާގައި ކުރިއަށްދާ ވާދަވެރިކަމުގެ ސަބަބުން، ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.