ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭ، މާލޭގެ ބުރުޒުމަގު، ސިނަމާލެ 1 ޕާކިންގ ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ،

Ad
rt

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ 18:25 ހާއިރުއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެ، މ. އަރާރައިކުރި، ޚާލިދު މަހުމޫދު (35 އަހަރު) އާއި އދ. މާމިގިލި، ބްލޫ ވިންޑް، ހަސަން ނަސީމް (31 އަހަރު) އެވެ.

ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، ޚާލިދު މަހުމޫދު އާއި ހަސަން ނަސީމް މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.