ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ތޮށީގެ ބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ.

Ad
rt

އެމީހާ މިހާރު ވަނީ ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސީނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އަނިޔާވެފައި ވަނީ އެމީހާގެ ބޮލަށެވެ.

އެމީހާގެ ބޮލަށް އަނިޔާ ވެފައި ވަނީ އުޅަނދެއްގައި ޖެހިގެންކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.